Archives    Print    Email

18 އަހަރުން ދަށުގެ 7 ކުޑަކުދިންނާއިމެދު ބަދުއަޚްލާޤީ ޢަމަލު ހިންގިކަމުގެ ތުޙުމަތުގައި 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށްގެނެސްފި

4 މައްސަލައެއްގައި 18 އަހަރުން ދަށުގެ 7 ކުޑަކުދިންނާއިމެދު ބަދުއަޚްލާޤީ ޢަމަލު ހިންގިކަމުގެ ތުޙުމަތުގައި 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށްގެނެސްފިއެވެ. މިއަދު މެންދުރު ނޫސްވެރިންނަށް މަޢުލޫމާތުދިނުމަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިމައްސަލަތަކާއި ބެހޭގޮތުން މަޢުލޫމާތުދެއްވީ ހެޑް އޮފް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓް އިންސްޕެކްޓަރ އޮފް ޕޮލިސް މިރުފަތު ފާއިޒްއެވެ.

މިމައްސަލަތަކުގެ ތެރޭގައި ހިމެނެނީ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ 9 ވަނަދުވަހު އުމުރުން 14 އަހަރާއި އަދި 10 އަހަރުގެ ކުޑަ ދެއަންހެންކުދިންނާއި ގދ. ފިޔޯރީ ޒަމީން އުމުރުން 41 އަހަރުގެ މުޙައްމަދު ނާފިޒް ޖަމާލް ބަދުއަޙްލާޤީ ޢަމަލު ހިންގި މައްސަލައަކާއި، ސ. ފޭދޫގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ އުމުރުން 26 އަހަރުގެ ތަހެރު މިއާ އުމުރުން 4 އަހަރުގެ ކުޑަ އަންހެންކުއްޖަކު ނިދާފައިއޮއްވާ ބަދުއަޚުލާޤީ ޢަމަލު ހިންގި މައްސަލައަކާއި، އިންޑިޔާގެ ރައްޔިތެއްކަމުގައިވާ އުމުރުން 24 އަހަރުގެ އަރްޖުނަން ވަރަދަރާޖީ އުމުރުން 13 އަހަރުގެ ކުޑަ އަންހެންކުއްޖަކާއި ބަދުއަޙްލާޤީ ޢަމަލު ހިންގި މައްސަލައަކާއި، އަދި ބަންގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ ޝަފިކް 18 އަހަރުން ދަށުގެ ކުޑަ 3 އަންހެންކުދިންނަށް އޭނާގެ ކުރިމަތިފަރާތް ދެއްކިކަމަށް ފުލުހުންނަށް ހުށައެޅުނު މައްސަލައެކެވެ.

މީގެ އިތުރުން އުމުރުން 10 އަހަރުގެ ކުޑަ އަންހެންކުއްޖަކު އާރޓިފިޝަލް ބީޗްގައި އޮތް ވޭނެއްގެ ތެރޭގައި ބިދޭސީއަކާއިއެކު ރޭގަނޑު 10 ޖަހާއެހާކަންހާއިރު ތިއްބާ ފުލުހުންނަށް ފެނިފައިވާކަމަށާއި، އެހެންނަމަވެސް އެވަގުތު މިމީހުންތިބީ ބަދުއަޙްލާޤީ ޢަމަލު ހިންގަން ނޫންކަމުން އެކަށީގެންވާ ހެއްކާ ޤަރީނާ ނެތްކަމަށް ފެންނާތީ އޭނާ ދޫކޮށްލާފައިވާ ކަމުގައިވެސް މިރުފަތު ވިދާޅުވިއެވެ.

މިމައްސަލަތައް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުން މިހާރުދަނީ ތަޙްޤީޤްކުރަމުންނެވެ.

18އަހަރުން ދަށުގެ 7 ކުޑަކުދިންނާއިމެދު ބަދުއަޙްލާޤީ ޢަމަލު ހިންގި މައްސަލަތަކަކާއި ގުޅިގެން 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށްގެނެސްފިއެވެ. މިއަދު މެންދުރު ނޫސްވެރިންނަށް މަޢުލޫމާތުދިނުމަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓް އިންސްޕެކްޓަރ އޮފް ޕޮލިސް މިރުފަތު ފާއިޒް ވިދާޅުވީ 4 މައްސަލަ އަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށްގެނެވުނު އެންމެ މީހަކު ފިޔަވައި ބާކީތިބި މީހުންނަކީ ބިދޭސީންކަމަށެވެ.

 

[ 24 December 2009 ]
20 + 15 =