Archives    Print    Email

ވިލުރީފު ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެތަނުގެ ޑައިވިންގ ސްކޫލާއި ރެސްޓޯރަންޓުގެ ބައެއް އަނދައިފި


ދ. އަތޮޅު މީދޫ ކައިރީގައި އޮންނަ ވިލުރީފު ބީޗް އެންޑް ސްޕަރ ރިސޯޓުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި އެތަނުގެ ޑައިވިންގ ސްކޫލާއި ރެސްޓޯރަންޓުގެ ބައެއް އަނދައިފިއެވެ. މިއަދު ހަވީރު ގާތްގަނޑަކަށް 3:00 ހާއިރު ހިނގި މިހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަލިފާންގަނޑު ނިއްވާލުމަށް އެރިސޯޓުގެ މުވައްޒަފުންނާއި އެހެނިހެން ފަރާތްތައް ގުޅިގެން ކުރި މަސައްކަތުން ގާތްގަނޑަކަށް ގަޑިއެއްހާ އިރުގެ ތެރޭގައި އަލިފާންގަނޑު ވަނީ ކޮންޓްރޯލްކޮށްފައެވެ. 


މިހާތަނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފުރަތަމަ އަލިފާން ރޯވެފައިވަނީ އެތަނުގެ ޑައިވިންގ ސްކޫލުގައެވެ. އަދި އަލިފާންގަނޑު އިތުރަށް ފެތުރިގެން ގޮސް ރެސްޓޯރަންޓުގައި ރޯވެ އެތަނުގެ ބައެއްވެސް ވަނީ އަނދާފައެވެ.


މި ހާދިސާ ތަހްޤީޤްކުރުމަށްޓަކައި ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުންގެ ޓީމެއް ވަނީ އެރަށަށް ގޮސްފައެވެ.

[ 07 February 2010 ]
14 + 6 =