މަސްތުވާތަކެތިކަމަށް ތުހުމަތު ކުރެވޭ 16 ރަބަރު ޕެކެޓާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށްގެނެސްފި
މަސްތުވާތަކެތިކަމަށް ތުހުމަތު ކުރެވޭ 16 ރަބަރު ޕެކެޓާއެކު މީހަކު އައްޑުއަތޮޅު ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށަށް ގެނެސްފިއެވެ.
މިމަހު 7 ވަނަ ދުވަހު ހަވީރު ހުޅުމީދޫ ޕޮލިސްސްޓޭޝަނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހުޅުމީދޫ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެދުވަހު ހަވީރު 18:00 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ސ.ހުޅުދޫ / ރައިހާނުގޭ ޢުމުރުން 24 އަހަރުގެ ޝަފްރާޒް ޢަލީއެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މީނާގެ ހަށިގަނޑު ބަލާ ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ތުހުމަތު ކުރެވޭ 16 ރަބަރު ޕެކެޓް ފެނިފައިވަނީ މީނާ ލައިގެން ހުރި ޖިންސްގެ ޖީބްތެރެއިންނެވެ.
މިމައްސަލަ އައްޑުއަތޮޅު ހުޅުމީދޫ ޕޮލިސް ސްޓޭޝަނާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެންދަނީ ތަޙްޤީޤްކުރަމުންނެވެ.


