ދެވަނަ މެޗުވެސް ފަސޭހަ ކަމާއެކު ޕޮލިސް ކްލަބު ކާމިޔާބު ކޮށްފި
މިހާރު ކުރިޔަށްދާ ސަރުކާރު އޮފީސް/ ކުންފުނި ތަކުގެ ބާސްކެޓް ބޯޅަ މުބާރާތުގައި ޕޮލިސް ކްލަބު ކުޅުނު ދެވަނަ މެޗްވެސް ފަސޭހަ ކަމާއެކު ކާމިޔާބުކޮށްފިއެވެ.
މިރޭ ކުޅިވަރު އެކުވެނީގެ އައުޓުޑޯރ ކޯޓުގައި ކުޅުނު މެޗް ޕޮލިސް ކްލަބް ކާމިޔާބު ކުރީ ކަސްޓަމްސް ރިކްރިއޭޝަން ކްލަބާއި ވާދަކޮށް 74 ޕޮއިންޓް 54 ޕޮއިންޓުންނެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިސް ކްލަބުގެ ކޮންސްޓަބަލް ޢަބުދުﷲ ޢާތިފްއެވެ.
މިރޭގެ މެޗް ކާމިޔާބުކޮށް މުބާރާތުގައި މިހާތަނަށް ކުޅުނު ދެމެޗްވެސް ކާމިޔާބު ކުރެވިފައިވުމާއެކު ޕޮލިސް ކްލަބަށްވަނީ މިގުރޫޕުން ސެމީފައިނަލަށް ދިއުމުގެ ފުރުޞަތު ބޮޑުވެފައެވެ. އެހެން ނަމަވެސް ސެމީފައިނަލް ކަށަވަރުވާނީ ގްރޫޕް ސްޓޭޖްގެ ފަހުމެޗަށްފަހުއެވެ. ގްރޫޕްގެ ފަހުމެޗުގައި ހޯމަ ދުވަހު ޕޮލިސް ކްލަބު ވާދަކުރާނީ ދިރާގާއިއެވެ.


