Archives    Print    Email

ބ.ގޮއިދޫގެ ގެއެއްގައި އަލިފާންރޯވެ އެގެ އެއްކޮށް އަނދައިފި


ބ.ގޮއިދޫ ގޯލްޑަންފުލާވާ ގޭގައި އަލިފާންރޯވެ އެގެ އެއްކޮށް އަނދައިފިއެވެ. މިހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު ގާތްގަނޑަކަށް 5:30 ހާއިރުއެވެ. އެގޭގައި ރޯވި އަލިފާންގަނޑު ނިއްވާލެވިފައިވަނީ ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ކުރި މަސައްކަތުން މިރޭ ގާތްގަނޑަކަށް 7:00 ހާއިރުއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވިނަމަވެސް މިއަލިފާނުގެ ސަބަބުން އެގޭގައި ހުރި ހިފާގެންގުޅޭ ތަކެއްޗާއި ބައެއް އިލެކްޓޯނިކްސްް ސާމާނުތައް ވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައެވެ. 


މިހާދިސާގައި އަނދާ ހުލިވެފައިވާ ގެއަކީ ޓިނުން ހިޔާކޮށް ވަށައިގެން ފަންޖަހާފައި ހުރި ގެއެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި އެގޭގައި ދިރިއުޅެމުންދަނީ މުޅިއެކު 3 މީހުން ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.
މިހާދިސާ ބ.އޭދަފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤްކުރަމުންނެވެ.

[ 08 March 2009 ]
3 + 3 =