Home  |  Gallery  |  Feedback |  News in English

Search archive

Untitled Document

ރަމަޟާންމަހާއި ދިމާކޮށް ކެޕިޓަލް ޕޮލިސް އިން މާލެތެރެ ބެލެހެއްޓުމަށް ޚާއްސަ މަސައްކަތްތަކެއް ކުރުމަށް ހަމަޖައްސައިފި
8002/80/82


ރަމަޟާން މަހާއި ދިމާކޮށް ކެޕިޓަލް ޕޮލިސްއިން މާލެތެރެ ބެލެހެއްޓުމަށް ޚާއްސަ މަސައްކަތްތަކެއް ކުރުމަށް ހަމަޖައްސައިފިއެވެ. މިކަމާބެހޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ހެޑް އޮފް ކެޕިޓަލް ޕޮލިސް ސްޕްރިންޓެންޑެންޓް މުހަންމަދު ރިޝްވާން މިއަދު ވިދާޅުވީ ނިމިގެން ދިޔަ ރަމަޟާން މަހުގެ ތެރޭގައި މަގުތައް ބޭނުންކުރާ ފަރާތްތަކުން ބަލަންވާވަރަށް ނުބެލުމުގެ ސަބަބުން މާލެއާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަފާތު ގިނަގުނަ އެކްސިޑެންޓްތައް ހިނގާ ޢާންމު ރައްޔިތުންގެ ތެރެއިން ބައެއްގެ ފުރާނައަށް ގެއްލުންވެ މުދަލާއި ގެދޮރަށް ބޮޑެތި ގެއްލުންވުމުގެ ތަފާތު ހާދިސާތައް ހިނގާފައިވާކަމަށެވެ. އެހެންކަމުން މިއަހަރުގެ ރަމަޟާންމަހު މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ބާރުއެޅުމުގެ ގޮތުންންނާއި މަގުމަތީގެ ހަލަބޮލިކަން ކުޑަކުރުމަށާއި މަގުމަތީގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ކެޕިޓަލް ޕޮލިސްއިން ޚާއްސަ މަސައްކަތްތަކެއް މިއަހަރު ކުރައްވާނެ ކަމަށެވެ.

އެގޮތުން މިއަހަރު ކެޕިޓަލް ޕޮލިސް އިން މަސައްކަތްކުރާއިރު ފުލުހުން މަގުމަތީގައި ދާއިމީ ގޮތެއްގައި ހަރަކާތްތެރިވާނެ ގޮތަކަށް ކަންކަން ހަމަޖައްސަމުންދާކަމަށާއި ޓްރެފިކް ޤަވާއިދާ ޚިލާފުވާ ފަރާތްތައް އިތުރަށް ބަލާ ފިޔަވަޅު އަޅަމުންދާނެކަމަށް ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖޭގައި ހިނގާފައިހުރި އެކްސިޑެންތަކަށް ބަލާއިރު އެންމެ އާންމު ގޮތެއްގައި އެކްސިޑެންޓް ހިނގަން މެދުވެރިވަނީ ޤާނޫނާއި ޤަވައިދަށް ހުރުމަތްތެރިކޮށް ނުހިތާ ބާރު ސްޕީޑުގައި ދުއްވުމާއި ޤަވައިދާ ޚިލާފަށް މަގުމަތީގައި ޕާރކްކޮށްފައިހުރުމާއި ލައިސަންސް ނުނަގައި އުމުރު ހަމަނުވާ ކުޑަކުދިން އެއްގަމު ދުއްވާ އުޅަނދުފަހަރު ދުއްވުންކަން ރެކޯރޑްތަކުން ދައްކައެވެ. އެހެންކަމުން މިކަންކަންކަމަށް ޚާއްސަ ސަމާލުކަމެއްދީ ޓްރެފިކް ޤަވައިދަށް ހުރިހާ ފަރާތްތަކުންވެސް ހުރުމަތްތެރިކޮށް ހިތުމަށާއި¡ ޤަވައިދާ އެއްގޮތަށް ޕާރކްކުރުމަށާއި¡ ޓްރެފިކް ލައިޓަށް ސަމާލުކަން ދިނުމަށާއި¡ގޯޅިގޯޅި ކަންމަތީގައި ޕާރކްނުކުރުމަށާއި ބޭނުމެއްނެތްގޮތެއްގައި އާންމު އުދަގުލަކަށް ވާހެން ބަރުގޮނު ނޭޅުމަށާއި¡ ސައިލަންސަރަށް ބަދަލުގެނެސްގެން އަޑުގަދަވާ ގޮތަށް ސައިކަލް ނުދުއްވުމަށް މަގުމަތި ބޭނުންކުރައްވާ ހުރިހާ ފަރާތްތަކަށް ހެޑް އޮފް ކެޕިޓަލް ޕޮލިސް ސްޕްރިންޓެންޑެންޓް މުޙަންމަދު ރިޝްވާން މިއަދު އިލްތިމާސްކުރެއްވިއެވެ. އަދި ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ފުލުހުން މަސައްކަތްކުރިނަމަވެސް މިކަމަށް އެންމެ ބޮޑު ހައްލެއް ލިބިގެންދާނީ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ފުލުހުންނަށް ލިބިގެންކަމަށްވެސް ސްޕްރިންޓެންޑެންޓް މުޙަންމަދު ރިޝްވާން ވިދާޅުވިއެވެ.

ނިމިގެންދިޔަ ރަމަޟާން މަހުގެ ތެރޭގައި 232 އެކްސިޑެންޓް ހަމައެކަނި މާލެއިން ރެކޯރޑްކުރެވިފައިވާއިރު މިފަދަ އެކްސިޑެންޓްތަކުގައި 3 މީހަކު މަރުވެފައިވެއެވެ.

 

news search

  ގދ. ތިނަދޫއާއި ރ. އަލިފުށީގައި ކްރައިމް ޕްރިވެންޝަން ކޮމެޓީ އެކުލަވާލައިފި  8002/80/82

  ސ. މަރަދޫގައި ޕިކަޕެއް ގެއެއްގެ ފާރުގައިޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 22 އަހަރުގެ މީހަކަށް އެކިވަރުގެ ގެއްލުންތައް ވެއްޖެ  8002/80/82

  ރަމަޟާންމަހާއި ދިމާކޮށް ކެޕިޓަލް ޕޮލިސް އިން މާލެތެރެ ބެލެހެއްޓުމަށް ޚާއްސަ މަސައްކަތްތަކެއް ކުރުމަށް ހަމަޖައްސައިފި  8002/80/82

  ދުބާއީ ޕޮލިސްގެ މޭޖަރ ޖެނެރެލް މުހަންމަދު އަލް ޤެމްޒީ މިނިސްޓަރ އޮފް ހޯމްއެފެއަރޒް އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީންއާއި ބައްދަލުކުރައްވައިފި  8002/80/82

  ދުބާއީ ޕޮލިސްގެ މޭޖަރ ޖެނެރެލް މުހަންމަދު އަލް ޤެމްޒީ އާއި ކޮމިޝަނަރ އޮފް ޕޮލިސް އާދަމް ޒާހިރު ބައްދަލުކުރައްވައިފި  8002/80/72

  ޕްރައިވެޓް ސެކިއުރިޓީގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާނެ މީހުން ތަމްރީނު ކުރުމަށް މުދައްރިބުން އުފެއްދުމަށް ހިންގޭ ފުރަތަމަ ތަމްރީނު ޕްރޮގްރާމް މިއަދު އިފްތިތާޙްކޮށްފި  8002/80/72

  ހުޅުމާލެ ޕޮލިސް ސްޓޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ އާއްމުދިރިއުޅުމާއި ބެހޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމް ފައްޓައިފި  8002/80/62

  ރ.އުނގޫފާރު ޕޮލިސް ސްޓޭޝަނުން އިންތިޒާމްކޮށްގެން [އުނގޫފާރު ފުޓްސެލް ކަޕް-2] ގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ފަށައިފި  8002/80/62

   ނޫސްބަޔާން  8002/80/62

  ވޭތުވެދިޔަ ހަފްތާގައި މަސްތުވާތަކެތީގެ ތަފާތު މައްސަލަތަކާއި ގުޅިގެން 31 މީހަކު ޑްރަގް އެންފޯސްމަންޓް ޔުނިޓުން ހައްޔަރުކޮށްފި  8002/80/62

Gallery