މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފުވައްމުލަކު ފެމިލީ އެންޑް ޗިލްޑްރެންސް ސާރވިސް ސެންޓަރުން އިސްނަގައިގެން ފުވައްމުލަކުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި ފުލުހުން ބައިވެރިވެއްޖެއެވެ.
މިމަހުގެ 10 ވަނަދުވަހު ހަވީރު ފުވައްމުލަކު ރަސްމީ ބޯޅަ ދަނޑުގައި ކުރިއަށް ގެންދިޔަ މިހަވީރުގައި ޕޮލިސް ސްޓޯލެއް ތައްޔާރުކޮށް ފުލުހުން ބޭނުންކުރާ ބައެއްވެހިކަލްތަކާއި ފުލުހުންގެ ޔުނީފޯމާއިއެކު ފޮޓޯނެގުމުގެ ފުރުސަތު ކުޑަކުދިންނަށް ހުޅުވައިދީ ކުޑަކުދިންނާއި ގުޅޭ ތަފާތު ކުޅިވަރު ހަރަކާތްތަކެއްވެސްވަނީ ހިންގާފައެވެ.
މީގެއިތުރުން މިހަވީރުގައި ބެލެނިވެރިންނަށް ޚާއްސަކޮށްގެން ޢާއްމު ޢިޖްތިމަޢީ މަޢުލޫމާތު ދިނުން ކުރިއަށް ގެންދެވިފައިވެއެވެ.
މިހަވީރުގައި ފުލުހުންގެ ފަރާތުން ޙަރަކާތްތައް ހުށަހަޅައި ދިނުމުގައި ފުވައްމުލަކު ޕޮލިސް ސްޓޭޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ ފުލުހުންގެ ބައިވެރިވެފައިވެއެވެ.
English