ހޯދުމަށް އިއުލާނުކުރި މުޙައްމަދު ބިޝާރު އިސްމާޢީލް ހައްޔަރުކޮށްފި
11 މެއި 2022ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލުމުން އަލުން ހައްޔަރުކުރުމަށް ހޯދަމުންދިޔަ ކ. މާލެ / ގ. ތަބުރުގެ، މުޙައްމަދު ބިޝާރު އިސްމާޢީލް (41އ) ހައްޔަރުކޮށްފިއެވެ.
މުޙައްމަދު ބިޝާރު އިސްމާޢީލް ހައްޔަރުކޮށްފައިވަނީ މިއަދު 15:33 އެހާކަންހާއިރު ގއ. ކޮލަމާފުށިންނެވެ. އަދި އޭނާ ހައްޔަރުކޮށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަށް އާ ހާވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ދަނީ ކުރަމުންނެވެ.