ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައިހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ

19 މެއި 2022

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.


މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި، މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.


އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:


ގަލޮޅު ޕޮލިސް ސްޓޭޝަން


މެއި 12 ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލް ފާހާނަ ތެރެއިން ފެނިގެން ފުލުހުންނާ ހަވާލުކޮށްފައިވާ ވެރިއަކުނެތް، ނޮކިޔާ ބްރޭންޑުގެ ތިން މޯބައިލް ފޯނާއި، މޯބައިލް ފޯނުގެ ދެ ބެޓެރި. އިންސިޑެންޓް ނަންބަރ 521729

 

މެއި 12 ވަނަ ދުވަހު އަބަދަށްފެހި މަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކޭބަލްތަކެއް. އިންސިޑެންޓް ނަންބަރ 521722

 

މެއި 13 ވަނަ ދުވަހު ދަނބުރުއްމަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ މަކީޓާ ބްރޭންޑުގެ ބުރުމާއެއް. އިންސިޑެންޓް ނަންބަރ 521842

 

މެއި 13 ވަނަ ދުވަހު ހިތިގަސްމަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ޖޭޒްމީން ބްރޭންޑުގެ ވެކިއުމް ލޮނުކޭހެއް. އިންސިޑެންޓް ނަންބަރ 521844

 

މެއި 13 ވަނަ ދުވަހު ބޮޑުރަސްގެފާނު މަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސެމްސަންގ އޭ01 ބްރޭންޑުގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރ 521870

 

މި ތަކެތީގެ ވެރިފަރާތުން، 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

 

މާފަންނު ޕޮލިސް ސްޓޭޝަން


މެއި 4 ވަނަ ދުވަހު، ސަބުދެލިމަގު ޝަހީދުއަލީ ހިނގުން ގުޅުނު ހިސާބުން ވައްކަމުގެ މައްސަލައެއްގައި ހުއްޓުވައި ސުވާލުކުރި ދެ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ސައިބޯނި ކޭހަކާއި ޝޭމްޕޫ ކޭހެއް. އިންސިޑެންޓް ނަންބަރ 520913

 

މެއި 12 ވަނަ ދުވަހު، މ. މޫސުމްގެ ކައިރީގައި ޕާކުކޮށްފައިހުރި ސައިކަލެއްގެ މަތީގައި އޮތް މަކީޓާ ބްރޭންޑުގެ ފެހިކުލައިގެ ބެޓެރި ބުރުމާއެއް. އިންސިޑެންޓް ނަންބަރ 521796

 

މި ތަކެތީގެ ވެރިފަރާތުން، 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

 

ހުޅުމާލެ ޕޮލިސް ސްޓޭޝަން

 

މެއި 19 ވަނަ ދުވަހު ހުޅުމާލެ ފޭސް 2 ގައި ފުލުހުން ޕެޓްރޯލް ކުރަމުންދިޔައިރު، ހިތިގަސްމަގުގެ ބަންދުކޮށްފައިވާ ސަހަރައްދު ގަސްތަކު ތެރެއިން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 2 ޖަނަރޭޓަރ، 4 ކޮންކްރިޓް ވައިބްރޭޓަރ، 4 ކޮންކްރިޓް ވައިބްރޭޓަރ ކަނެކްޓް ޓިއުބް އަދި ކޮންކްރީޓް މަސައްކަތުގައި ބޭނުންކުރާ ޓޫލްސްތަކެއް. އިންސިޑެންޓް ނަންބަރ 522388

 

މި ތަކެތީގެ ވެރިފަރާތުން، 9980062 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.