ޚަބަރު

‎އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލެއް ހިންގުމުގެ މައްސަލައާ ގުޅިގެން ހޯދަމުންދިޔަ މީހާ ހައްޔަރުކޮށްފި

17 މެއި 2022

ފުލުހުންގެ ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ، އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ހިންގުމުގެ މައްސަލައަކާ ގުޅިގެން ހޯދަމުންދިޔަ ކ. މާލެ/ މއ. ލެއްގި، ޢަބްދުލްޢައްފާރު ޢަބްދުލްޢަފޫރު (34 އ) ހައްޔަރުކޮށްފިއެވެ. 

 

ޢަބްދުލްޢައްފާރު ޢަބްދުލްޢަފޫރު ހައްޔަރުކޮށްފައިވަނީ މެއި 17 ވަނަ ދުވަހުގެ 17:12 ހާއިރު ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފިލައިގެން އުޅެނިކޮށް އޭނާ ދިރިއުޅެމުންދާ ގޭގެ ފާޚާނާ ތެރެއިންނެވެ. 

 

ފުލުހުންގެ ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ، އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ހިންގުމުގެ މައްސަލައަކާ ގުޅިގެން ޢަބްދުލްޢައްފާރު ޢަބްދުލްޢަފޫރު ހޯދަން އިއުލާނުކޮށްފައިވަނީ މެއި 16 ވަނަ ދުވަހުއެވެ. 

 

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.