ޚަބަރު

ތ. ގުރައިދޫ ސްކޫލްގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

22 މެއި 2022

ބެލެނިވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތ. އަތޮޅު މަދަރުސާގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ބެލެނިވެރިން ހޭލުންތެރި ކުރުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

 

ގުރައިދޫ ޕޮލިސް ސްޓޭޝަނުން މި މަހު 19 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ސެޝަނުގައި، ދަރިވަރުންގެ ތަރުބަވީ އެންމެހައި ކަމެއްގައި ބެލެނިވެރިންގެ ޒިންމާތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

 

އެގޮތުން، ދަރިންގެ އަހުލާގު ރަނގަޅު ކުރުމުގައި ބެލެނިވެރިންގެ ދައުރު އަދާކުރުމާއި އެކަމުގެ މުހިންމު ކަމާއި، ދަރިންނާއި ބެލެނިވެރިންގެ ގުޅުން ރަނގަޅު ކުރުމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

 

އަދި ދަރިންނަށް ނަމޫނާ ބަޔަކަށްވުމަށާއި ކޮންމެ ތަނެއްގައިވެސް ދަރިންގެ ބަސްމަގު ރީތި ކުރުމަށް މަސައްކަތްކުރުމަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ދީނީ ކަންތައްތަކަށް ދަރިން ހޭނުމަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އޭގެ އިތުރުންވެސް ބެލެނިވެރިންގެ ޒިންމާތަކާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ހިއްސާކޮށްފައިވެއެވެ.