ޚަބަރު

މުދާ އަރުވައިގެން ދަތުރުކުރާ އުޅަނދުތަކުން ވައްކަންކުރަނީ- ސަމާލުވޭ

23 މެއި 2022

މުދާ އަރުވައިގެން ދަތުރުކުރާ ޕިކަޕު / ލޮރީ ފަދަ އުޅަނދުތަކުން ވައްކަން ކުރަމުންދާކަމުގެ މައްސަލަ ފުލުހުންނަށްދަނީ ހުށަހެޅެމުންނެވެ.

 

އެގޮތުން، މުދާ އަރުވައިގެން ދަތުރުކުރަމުންދާ ޕިކަޕު ނުވަތަ ލޮރީ މަގުމަތީގައި މަޑުކޮށްގެން އޮންނައިރު އެ އުޅަނދުތަކުގައި ހުންނަ މުދާ ވަގަށްނަގައެވެ. އެންމެ ފަހުން ރިޕޯޓުކޮށްފައިވާ މިފަދަ މައްސަލައަށް ބަލާއިރު، ވަގަށް ނަގާފައިވަނި ސިނގިރެޓް ކޭސްތަކެއް ކަން ފާހަގަކުރެވިފައިވެއެވެ.

 

އެހެންކަމުން، މުދާ އަރުވައިގެން ދަތުރުކުރާ ފަރާތްތަކުން މިފަދަ ކަންކަމަށް ސަމާލުކަންދެއްވައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް އިލްތިމާސްކުރަމެވެ.