ޚަބަރު

ސައިކޮލޮޖިކަލް ފަސްޓް އެއިޑް ޓްރެއިނިންގ ޕްރޮގްރާމް ވިލިމާލެ ޕޮލިހުގައި ކުރިއަށް ގެންގޮސްފި

24 މެއި 2022

ވިލިމާލެ ޕޮލިހާއި މޯލްޑިވްސް ރެޑް ކްރެސެންޓް ގުޅިގެން "ސައިކޮލޮޖިކަލް ފަސްޓް އެއިޑް ޓްރެއިނިންގ ފޮރ ސަރވިސް ޕްރޮވައިޑާސް" ގެ ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

 

މިމަހުގެ 22 އިން 23 އަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، ނަފްސާނީ ފުރަތަމަ އެހީ ބޭނުންވާ މީހުން ދެނެގަންނާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އެފަދަ ހާލަތެއް ދިމާވެއްޖެނަމަ ނަފްސާނީ ފުރަތަމަ އެހީ ދިނުމުގެ އާންމު ހުނަރުތައް ބައިވެރިނަށް ދަސްކޮށްދީފައިވެއެވެ.

އެގޮތުން، ކަނޑުމަތީގެ ހާދިސާތަކާއި އަލިފާނުގެ ހާދިސާތައް ފަދަ ހާދިސާތަކުން ގެއްލުން ލިބޭ މީހުންނާ މުއާމަލާތު ކުރާނެގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.އަދި ނަފްސާނީ އެހީތެރިކަން ދޭނެގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

 

އެ ޕްރޮގްރާމްގައި، ވިލިމާލެ ޕޮލިހުގައި މަސައްކަތްކުރާ މުވައްޒަފުން، އެމްޓީސީސީގެ މުވައްޒަފުން އަދި ވިލިމާލެ ޑައިވާސް ލޮޖްގެ މުވައްޒަފުން ހިމެނޭހެން 20 މީހުން ބައިވެރިވިއެވެ.

މި ޕްރޮގްރާމްގައި ބައިވެރިންނަށް މައުލޫމާތުދީފައިވަނީ މޯލްޑިވްސް ރެޑްކްރެސެންޓުގެ ސައިކޮލޮޖިކަލް ފަސްޓްއެއިޑް ސްޕެޝަލިސްޓުންނެވެ.

 

މި ޕްރޮގްރާމަކީ ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓުގެ އެހީތެރިކަމާއެކު ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ކުރިއަށްގެންދާ ޕްރައިމް ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.