ޚަބަރު

ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންގެ ދުޅަހެޔޮކަން ދެނެގަތުމަށްޓަކައި ''ޑައިބެޓިކްސް ސްކްރީން'' ޕްރޮގްރާމެއް ފަށައިފި

25 މެއި 2022

ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންގެ ދުޅަހެޔޮކަން ދެނެގަތުމަށްޓަކައި ''ޑައިބެޓިކްސް ސްކްރީން'' ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މިއަދު ފެށި މި ޕްރޮގްރާމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ވޯކްފޯސް ހެލްތު އެންޑް ވެލްބީންގ އަދި ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.


އެގޮތުން މި ޕްރޮގްރާމްގައި، މުވައްޒަފުންގެ ހަށިގަނޑުގެ ހަކުރު ހުންނަ މިންވަރު، ބީ.އެމް.އައި، ލޭގެ ޕްރެޝަރ އަދި ހަށިގަނޑުގައި ސަރުބީހުރި މިންގަނޑު ދެނެގަނެވި، ދިމާވެދާނެ ސިއްހީ މައްސަލަތައް ދެނެގަނެވޭނެއެވެ.

އޭގެ އިތުރުން، ހަކުރުބަލިން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތު ހިއްސާކުރުމާއި ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންކުރުމާ އަދި ގަވާއިދުން ކަސްރަތުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މައުލޫމާތު ދިނުންވެސް ކުރިއަށް ގެންދާނެއެވެ.