ޚަބަރު

ކުލަބު އީގަލްސް ބަލިކޮށް ޕޮލިސް ކުލަބުން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފި

27 މެއި 2022

ވޮލީބޯލް އެސޯސިއޭޝަން ކަޕް އަންހެން ޑިވިޜަންގައި ކުލަބް އީގަލްސް ބަލިކޮށް ޕޮލިސް ކުލަބުން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ. 

 

ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗު ޕޮލިސް ކުލަބުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

 

މިމެޗުގެ ސެޓްތައް ޕޮލިސް ކުލަބުން ކާމިޔާބުކުރީ 19-25، 21-25 އަދި 20-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޕޮލިސް ކުލަބުގެ ކެޕްޓަން ހައްވާ ރާޝިދާއެވެ.

 

އެސޯސިއޭޝަން ކަޕް އަންހެން ޑިވިޜަންގައި ޕޮލިސް ކުލަބުން ކުޅޭ ދެވަނަ މެޗުގައި ވާދަކުރާނީ ދިވެހި ސިފައިންގެ ކުލަބާއެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ މެއި 28 ވަނަ ދުވަހުގެރޭ 21:45 ގައެވެ.