ޚަބަރު

ފޮރެންސިކް ސައިންސާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ދ. އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިއަށް ގެންގޮސްފި

20 ޖޫން 2022

ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް ފޮރެންސިކް ސައިންސާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

 

މި މަހު 18 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ސެޝަނުގައި ސައިންސް އަދި ފޮރެންސިކް ސައިންސްގެ ތަފާތު، ދަރިވަރުންނަށް އޮޅުންފިލުވައިދީ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ސައިންސާއި ފޮރެންސިކް ސައިންސަކީ ކޮބައިކަމާއި ފޮރެންސިކް ސައިންސްގެ ހޯދުންތަކާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

 

އޭގެ އިތުރުންވެސް ފޮރެންސިކް ސައިންސާ ގުޅޭގޮތުން ތަފާތު މައުލޫމާތު ހިއްސާކޮށް އަދި ދަރިވަރުން ކުރި ސުވާލުތަކާ ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

 

ކުޑަހުވަދޫގައި މަސައްކަތްކުރާ ފުލުހުންނާއި ދ. އަތޮޅު ތައުލީމީ މަރުކަޒު ގުޅިގެން ކުރިއަށް ގެންދިޔަ އެ ސެޝަނުގައި މައުލޫމާތު ދެއްވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފޮރެންސިކް ސަރވިސަސްގެ ފުލުހުންނެވެ.