ޚަބަރު

ބ. އަތޮޅު މަދަރުސާގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

22 ޖޫން 2022

ސްކޫލުތަކުގެ ބެލެނިވެރިންގެ ހޭލުންތެރިކަން އިތުރުކުމަށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމުގެ ތެރެއިން، ދަރަވަންދޫގައި ހުންނަ ބ. އަތޮޅު މަދަރުސާގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

 

ޖޫން 21 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ސެޝަނުގައި ދަރިން އިންޓަނެޓް ބޭނުން ކުރާއިރު ބެލެނިވެރިން ސަމާލުކަންދޭންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

 

އެގޮތުން، އިންޓަނެޓު މެދުވެރިކޮށް ކުޑަކުދިންނަށް އަމާޒުކޮށް ހިންގާ ކުށްތަކާއި އެފަދަ ކަންކަމުން ކުދިން ރައްކާތެރިކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ކުދިން އިންޓަނެޓު ބޭނުންކުރާނަމަ ބެލެނިވެރިން ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

 

އޭގެ އިތުުރުން، ކުދިންގެ ކަންކަން ގާތުން ބެލެމަށާއި އުމުރާ ނުގުޅޭފަދަ މައުލޫމާތު ހުންނަ ވެބްސައިޓުތަކަށް ކުދިންނަށް ނުވަދެވޭގޮތް ހެދުމާއި ކުދިންގެ ސަލާމަތާއިރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

 

އެ ސެޝަން ކުރިއަށް ގެންދިޔައީ ސައިބަރ ޕޮލިސިންގ ސެންޓަރާއި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ގުޅިގެންނެވެ.