ޚަބަރު

ހުޅުމާލެ ފޭސް ދޭއްގައި ގާއިމްކުރި ޕޮލިސް ސްޓޭޝަން ހުޅުވައި ޚިދުމަތް ދޭން ފަށައފި

04 ޖުލައި 2022

ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލެ ފޭސް ދޭއްގައި ގާއިމްކުރި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭންފަށައިފިއެވެ.

 

ރޭ ހުޅުމާލެ ފޭސް ދޭއްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ސްޓޭޓް މިނިސްޓަރ ޢަލީ ނަޒީރުއެވެ. މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު އާއި  ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަނުގެ މެނޭޖިންގ ޑައިރެކްޓަރ ސުޙައިލް އަޙްމަދު އާއި ފުލުހުންގެ ކޮމިޝަންްޑް އޮފިސަރުން ބައިވެރިވެލެއްވިއެވެ. 

 

ޕޮލިސް ސްޓޭޝަން ހުޅުއްވައި ދެއްވީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ސްޓޭޓް މިނިސްޓަރ ޢަލީ ނަޒީރު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްއެވެ.

 

ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަން ގާއިމްކޮށްފައިވަނީ ހިޔާގެ އެޗް 4 ވަނަ ޓަވަރުގައެވެ.