ޚަބަރު

ކޮމްޕީޓެންސީ ފްރޭމްވޯކާ ގުޅޭގޮތުން ސެޝަނެއް ކުރިއަށް ގެންގޮސްފި

14 އޯގަސްޓް 2022

ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޓްރެޓެޖީ ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓުން ފަރުމާކޮށްފައިވާ ކޮމްޕީޓެންސީ ފްރޭމްވޯކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމާ އަދި ހިޔާލު ހޯދުމަށް މަޝްވަރާކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

 

އެގޮތުން، ކޮމްޕީޓެންސީ ފްރޭމްވޯކް، ރޭންކް އަދި ރޯލް ޕްރޮފައިލް ކޮމްޕީޓެންސީ މެޓްރިކްސް، ކޮމްޕީޓެންސީ އެސެސްކުރުން، ކޮމްޕީޓެންސީ އަށަގެންނެވުމުގެ ޕްލޭން އަދި ކޮމްޕީޓެންސީ އިމްޕްލިމެންޓޭޝަން ޕްލޭނާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ބައިވެރިންގެ ހިޔާލު ހޯދައި މަޝްވަރާކޮށްފައިވެއެވެ.

މި ސެޝަނުގައި މައުލޫމާތު ދެއްވީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސަބާހް، ސްޕްރިންޓެންޑެންޓް އިޒްމިއާ ޒާހިރު އަދި އިންސްޕެކްޓަރ އޮފް ޕޮލިސް މާޒިން މުޙައްމަދެވެ.

 

އިސްކަންދަރު ބިލްޑިންގައި މިއަދު ކުރިއަށް ގެންދިޔަ އެ ސެޝަނުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ހުރިހާ ޑިޕާޓްމަންޓުގެ އިސް ވެރިން ބައިވެރިވެލެއްވިއެވެ.

 

ކޮމްޕީޓެންސީ ފްރޭމްވޯކަކީ ދިވެހި ފުލުހުންގެ ޚިދުމަތުން، މުވައްޒަފުންގެ ފަރާތުން އުންމީދުކުރާ ކަންކަމާއި ފެންވަރު ދެނެގަތުމަށް ކަނޑައެޅޭ ކީ ޕާފޯމެންސް އިންޑިކޭޓާތަކެކެވެ. އަދި މި ކޮމްޕީޓެންސީގެ ތެރެއިން ޓެލެންޓް މެނޭޖްމަންޓްގެ ބޭސްލައިނެއް އެކުލަވާލުމާއި މުވައްޒަފުންގެ ކިބައިން މަދުވާ ހުނަރުތައް ދެނެގަނެވި މުވައްޒަފުންނަށް އިންވެސްޓްކުރުމާއި މުވައްޒަފުންނަށް ބޭނުންވާ ކެރިއާ ޕްރޮގްރެޝަން އެކުލަވާލުމުގެ މަސައްކަތް ކުރެވިގެންދާނެއެވެ.