ޚަބަރު

ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިޢުލާނުކުރުން

16 އޯގަސްޓް 2022

ފުލުހުން ތަހުގީގު ކުރަމުންދާ، މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީއާއި އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރަމެވެ.

 

ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ބާބޫ (28އ)، ބަންގްލަދޭޝް

ޕާސްޕޯޓް ނަންބަރު: EJ0962344

ހާޒިރުކުރެވޭ ހައިސިއްޔަތު: މައްސަލައާ ގުޅިގެން ސުވާލުކުރުމަށް/ މަޢުލޫމާތު ސާފުކުރުމަށް

ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި:  ފުވައްމުލަކު ސިޓީ ޕޮލިސް ސްޓޭޝަނަށް ނުވަތަ ހުރިތަނަކާ އެންމެ ކައިރި ޕޮލިސް ސްޓޭޝަނަކަށް، 2022 އޮގަސްޓް 22 ވަނަ ދުވަހު 16:00 އަށް

 

މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުވައްމުލަކު ސިޓީ ޕޮލިސްގެ ނަންބަރު 9792803 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ.