ޚަބަރު

އަވައްޓެރި ފުލުހުންގެ ހަފްތާ : ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި

19 ސެޕްޓެމްބަރ 2022

ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދާ އަވައްޓެރި ފުލުހުންގެ ހަފްތާގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފިއެވެ. 

 

އިއްޔެ ނޭޝަނަލް ތެލެސީމިއާ ސެންޓަރުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންނާއި ފުލުހުންގެ އެކި ބަހާތަކުގައި މަސައްކަތްކުރާ އަންހެން އަދި ފިރިހެން މުވައްޒަފުން ވަނީ ލޭ ހަދިޔާކޮށްފައެވެ. 

 

ލޭ ހަދިޔާކުރުމުގެ ހަރަކާތް މާލެ ސިޓީ އާއި އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންގޮސްފައިވެއެވެ. 

 

އަވައްޓެރި ފުލުހުންގެ ހަފްތާގެ ހަރަކާތްތައް  މިމަހުގެ 18 ން 24 އަށް ކުރިއަށްދާނެއެވެ.