ޚަބަރު

އަވައްޓެރި ފުލުުހުންގެ ހަފްތާ: ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް ފުލުހުން ޒިޔާރަތްކޮށްފި

22 ސެޕްޓެމްބަރ 2022

ފުލުހުންގެ ހިދުމަތުގެ ދުވަހާ ގުޅުވައިގެން އަވައްޓެރި ފުލުހުންގެ ހަފްތާގެ ހަރަކާތްތަކުގެ ތެރެއިން ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް ޒިޔާރަތްކޮށްފިއެވެ.

 

އިއްޔެ ގުރައިދޫއަށް ކުރި އެ ޒިޔާރަތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ސީނިއަރ އޮފިސަރުން ބައިވެރިވެލެއްވިއެވެ. 

 

އެ ހަރާކާތަކީ ރާއްޖޭގައި އުޅޭ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހާލަތު ދެނެގަނެ ފުލުހުންނަކީ ވަކި މީހަކު ތަފާތު ކުރުމެއްނެތި އެންމެންނަށް ގާތުން ހިދުމަތްދޭ ބައެއްކަން އަންގައިދީ، ވަގުތު ހޭދަކޮށްލުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތުުގެ ތެރެއިން ވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ހަދިޔާ ހަވާލުކޮށްފައެވެ.

 

އަވައްޓެރި ފުލުހުންގެ ހަރަކާތްތައް މި މަހުގެ 24 ގެ ނިޔަލަށް ކުރިއަށް ދާނެއެވެ.