ޚަބަރު

ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

29 ސެޕްޓެމްބަރ 2022

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު އައްޑޫ ސިޓީގައި ބާއްވައިފިއެވެ.

 

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ގައި އިއްޔެ ބޭއްވި އެ ރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވީ އައްޑޫ ސިޓީ ޖުޑީޝިއަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛް މުހައްމަދު ހާޝިމްއެވެ.

 

ފުލުހުންނަށް ހުވާ ލައިދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝަމީމް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު އާތިފް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އާމިނަތު ރަޝީދާ، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ އިބްރާހީމް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ރަޝީދު އަދި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ޞަބާހް ބައިވެރިވެލެއްވިއެވެ.


އެ ރަސްމިއްޔާތުގައި، 23 ފިރިހެން ފުލުހުންނާއި ފަސް އަންހެން ފުލުހުން އަދި ސްޕެޝަލް ކޮންސްޓަބުލަރީގެ ދެ ފިރިހެން ފުލުހުން ހުވާކޮށް ހުވާގެ އިގުރާރުގައި ވަނީ ސޮއިކޮށްފައެވެ.