ޚަބަރު

ބަނގުރާދަޅުތަކަކާއެކު ހުޅުމާލެ ފޭސް ދޭކުން މީހަކު ހައްޔަރުކޮށްފި

28 ނޮވެމްބަރ 2022

ބަނގުރާދަޅުތަކަކާއެކު ހުޅުމާލެ ފޭސް ދޭކުން މީހަކު ހައްޔަރުކޮށްފިއެވެ

 

އޭނާ ހައްޔަރުކޮށްފައިވަނީ މި މަހު 26 ވަނަ ދުވަހު ހުޅުމާލެ ޕޮލިހުން ރަށުތެރެ ޕެޓްރޯލްކުރުމުގެ ތެރޭގައި އޭނާގެ އަމަލުތައްހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާގެ އަތުން ބަނގުރާ ފެނުމާ ގުޅިގެންނެއެވެ.

 

އެގޮތުން، ހުޅުމާލެ ފޭސް ދޭއް ނިރޮޅުމަގު ބުރިޖު ކައިރިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު 48 ދަޅު ބަނގުރާ ފެނިފައިވެއެވެ. މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 30 އަަހަރުގެ ބަނގުލަދޭޝް ފިރިހެނެކެވެ.

 

މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

 

އޭގެ އިތުރުން މި މަހު 26 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭއް ފުލުހުން ޕެޓްރޯލް ކުރަމުންދިޔައިރު، ސައިކަލެއްގައި ދިޔަ ދެ މީހެއްގެ އަމަލުތައްހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު އެ ސައިކަލުގެ މަޑިދަށުން ބަނގުރާ ފުޅިއެއް ފެނިފައިވެއެވެ. މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

 

ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަނުން މި ދެ މައްސަލަދަނީ ތަހުގީގު ކުރަމުންނެވެ.