ޚަބަރު

އެކައުންޓުގެ ވެރިފަރާތަށް ނޭނގި އެހެން ފަރާތެއްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޓްރާންސްފަރ ކޮށްފައިވާ މައްސަލައެއްގައި މީހަކު ހޯދަނީ

04 ޑިސެމްބަރ 2022

ތިރީގައިވާ ވިޑިއޯ އިން ފެންނަ މީހަކީ އެކައުންޓުގެ ވެރިފަރާތަށް ނޭނގި -/180,000ރ އަށްވުރެ ގިނަ ފައިސާ އެހެން ފަރާތެއްގެ އެކައުންޓަށް ޓްރާންސްފަރ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ކާކުކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ މީހެކެވެ.

 

ވީމާ މިމީހާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި އެމައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ.

 

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.