ޚަބަރު

ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަހާއިގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު އަރީފުގެ ބަޔާން

08 މާޗް 2017
Cp-42

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ތަޙްނިޔާއާއި ހެޔޮ އެދުންތައް ދިވެހިރާއްޖޭގެ ހުރިހާ އަންހެނުންނަށާއި ވަކިން ޚާއްސަކޮށް ހުރިހާ އަންހެން މުވައްޒަފުންނަށް އަރިސްކުރަމެވެ.

ދިވެހިރާއްޖޭގައި އަންހެން ކަނބަލުން އެންމެ ގިނައިން މަސައްކަތްކުރާ އިދާރާއަކީ ފުލުހުންގެ މުއައްސަސާއެވެ. މިގޮތުން މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސްގެ 12 އިންސައްތައަށްވުރެ  ގިނަ މުވައްޒަފުންނަކީ އަންހެން މުވައްޒަފުންނެވެ. އަދި މިއަދަދަކީ ދެކުނުއޭޝިޔާގެ ޤައުމުތަކުގައި ނިސްބަތުން ފުލުހުންގެ މުއައްސަސާތަކުގެ ތެރެއިން އެންމެ ގިނަ ޢަދަދަކަށް އަންހެން މުވައްޒަފުން، ފުލުހުންގެ ޚިދުމަތުގައި ޝާމިލްވާ އަދަދެވެ. މިކަން 2015 ގެ ކޮމަންވެލްތް ހިއުމަންރައިޓްސް އިނިޝިއޭޓިވް ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ.

މި މުއައްސަސާގެ މަސައްކަތްތައް އަދި ތަރައްޤީގެ ތަޞައްވުރާއި ކުރިއަށް ދިއުމުގެ ފުރުޞަތު ހުޅުވާލެވިފައިވާނީ ހަމަހަމަ އުސޫލަކުން ޖިންސް ތަފާތުނުވާނެ ގޮތުގެ މަތިންނެވެ. މި ވަޢުދު، އަޅުގަނޑު މި ޚިދުމަތުގައި ދަމަހައްޓާ ޤާއިމްކޮށްދޭނެ ކަމުގެ ޔަޤީންކަން އަރުވަމެވެ. ދިވެހި ހުރިހާ ކަނބަލުންނަށް އުޖާލާ އަދި ހިތްގައިމު މުސްތަޤުބަލަކަށް އެދި މާތްﷲ ހަޟްރަތުގައި ދުޢާ ދަންނަވަމެވެ. އާމީން