ޚަބަރު

ޓެރަރިޒަމްގެ ތުހުމަތުގައި 4 ދިވެހިން ހައްޔަރު ކުރިކަމަށް ބައެއް ނޫސްތަކުގައިވާ ވާހަކަތަކާ ގުޅޭ

20 ފެބްރުއަރީ 2020

ނޫސްބަޔާން ނަންބަރު: PMC/2020/06

2020 ފެބްރުއަރީ 20 ވަނަ ދުވަހު ޓެރަރިޒަމްގެ ތުހުމަތުގައި ސްރީލަންކާގައި 4 ދިވެހިން ހައްޔަރު ކުރިކަމަށް ބައެއް ނޫސްތަކުގައިވާ ވާހަކަތަކާ ގުޅޭގޮތުން ދަންނަވަމެވެ.

ސްރީލަންކާގެ ކަމާއިބެހޭ އިދާރާތަކުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހާމަކޮށްފައިވާ ގޮތުގައި 2020 ފެބްރުއަރީ 20 ވަނަ ދުވަހު އެއްވެސް ދިވެއްސަކު ސްރީލަންކާގައި ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި 2019 އޭޕްރިލް 21 ވަނަ ދުވަހު ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ވެސް އެއްވެސް ދިވެއްސެއްގެ ބައިވެރިވުމެއް އޮތްކަން މިހާތަނަށް ސްރީލަންކާގެ އެއްވެސް ކަމާއިބެހޭ އިދާރާއަކުން މި ސަރވިސްއަށް ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ޓެރަރިޒަމްއާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ދިިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، ގުޅުންހުރި އެހެން މުއައްސަސާތަކާއި ގުޅިގެން ޤައުމީ ފެންވަރުގަ އާއި ބައިނަލް އަޤްވާމީ ފެންވަރުގަ ކުރަންޖެހޭ އެންމެހާ މަސައްކަތްތައް މި ސަރވިސްއިން ކުރަމުންދާނެކަމުގެ ޔަޤީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ.