ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައިހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ

27 ސެޕްޓެމްބަރ 2021

police2

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.

މި ތަކެއްޗަކީ ހޮވައިގެންގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:

ސެޕްޓެމްބަރު 22 ވަނަ ދުވަހު  ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 1 ބައިސްކަލް. އިންސިޑެންޓް ނަންބަރު 499005

ސެޕްޓެމްބަރު 23 ވަނަ ދުވަހު އުނިގަސްމަގުން ވަގަށް ނަގާފައިވާ ކަމަށް ބެލެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ 1 ބައިސްކަލް.  އިންސިޑެންޓް ނަންބަރު. 499421

ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޮޑުރަސްގެފާނު މަގު/ ފާސްޓް ފިކްސް ފިހާރަ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 1 ބުރުމާ (ނިއަޓެކް ބްރޭންޑް). އިންސިޑެންޓް ނަންބަރ 499219

ސެޕްޓެމްބަރު 24 ވަނަ ދުވަހު ރޯޝަނީމަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 2 ކެމެރާ އަދި އަނގޮޓިއެއް. އިންސިޑެންޓް ނަންބަރ 499288

ސެޕްޓެމްބަރު 24 ވަނަ ދުވަހު އާބުރުޒު ހިނގުމުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ މާކަރީ ލައިޓެއް. އިންސިޑެންޓް ނަންބަރ 499259

ސެޕްޓެމްބަރު 25 ވަނަ ދުވަހު އަމީރު އަޙްމަދުމަގު / އިންޑިޔާ އެމްބަސީ ކައިރިން އާންމުފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ފަންސާސް ރުފިޔާ. އިންސިޑެންޓް 499378

ސެޕްޓެމްބަރު 25 ވަނަ ދުވަހު ޕޮލިޓެކްނިކް ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 1 ގޭސް ފުޅި. އިންސިޑެންޓް ނަންބަރ 499435

ސެޕްޓެމްބަރު 26 ވަނަ ދުވަހު ހ.ސަހަރާ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އެޗްޕީ ކާޓްރިޖެއް. އިންސިޑެންޓް ނަންބަރ 4994332

މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.