ޚަބަރު

އެންހެންސިން ކޮމިއުނިޓީ އޮރިއެންޓެޑް ޕޮލިސިންގ ފޮރ ކައުންޓަރިންގ ވައިލެންސް އެކްސްޓްރިމިޒިއަމް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

30 ސެޕްޓެމްބަރ 2021

IMG-fe9b403af3e2d262e4715eeec7cfe06e-V

މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ނެދަލެންޑް ގްލޯބަލް ސެންޓަރ ކޯޕަރޭޓިވް ސޮސައިޓީ ގުޅިގެން ކުރިއަށް ގެންދިޔަ އެންހެންސިން ކޮމިއުނިޓީ އޮރިއެންޓެޑް ޕޮލިސިންގ ފޮރ ކައުންޓަރިންގ ވައިލެންޓް އެކްސްޓްރިމިޒިއަމް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އެކަމަށްޓަކައި އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ކޮމިޝަނަރ ދެއްކެވި ވާހަކަފުޅުގައި، ކޮމިއުނިޓީ ޕޮލިސިންގ އަދި ކައުންޓަރިންގ ވައިލެންޓް އެކްސްޓްރިމިޒިމަކީ ރޯޑް މެޕެއްހަދައިގެން ވަރަށް މުހިންމުކަމެއްގެ ގޮތުގައި ކުރަމުން އަންނަކަމެއް ކަމަށާއި، ވަރަށް މުހިއްމު ކަމެއްދީގެން ރައްޔިއްތުންނާ ގާތުން ހިދުމަތްދިނުމަށް ގައިޑްކުރެވޭނެކަމުގައި ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، މިހާރުވެސް ރައްޔިތުންނާ ގާތުން ހިދުމަތްދިނުމުގެ މަސައްކަތްތައް ކޮންމެ ދުވަހަކުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދާކަމަށާއި ގާނޫނު ނެގެހެއްޓުމަށްޓަކައި ރައްޔިތުންގެ އެއްބާރުލުން މުހިއްމުކަމަށާއި ރައްޔިތުންގެ އިހްތިރާމް ބޭނުންވާ ކަމުގައި ފާހަގަކުރެއްވިއެވެ. އެގޮތުން މުޖުތަމައާ ގާތްގުޅުމެއް އަބަދުވެސް ބޭއްވުން މުހިންމުކަން ފާހަގަކުރައްވައި ފުލުހުންގެ އައު ގާނޫނުގެ ދަށުން ރައްޔިތުންނަށް ގާތުން ހިދުމަތް ދިނުމަށްޓަކައި ފަސް ސަރަހައްދަކަށް ރީޖަނަލް ކޮމާންޑަރުން އައްޔަނުކުރެވިފައިވާ ކަމަށާ އަދި އަންނަ މަހުގެ ތެރޭގައި ފްރޭމް ވޯކް އެކުލަވައިލާނެކަމުގައި ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމުން ދަސްވި ކަންކަމުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައިގެން މިހާރަށްވުރެ ރަނގަޅަށް ރައްޔިތުންނަށް ހިދުމަތް ދިނުމަށް ބައިވެރިންނަށް އިލްތިމާސްކުރެއްވިއެވެ.

ސެޕްޓެމްބަރ މަހުގެ 28 އިން 30 އަށް އޮންލައިންކޮށް އަދި އޮފްލައިންކޮށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ރީޖަންތަކުގެ ކޮމާންޑަރުންނާއި އަތޮޅު ކޮމާންޑަރުންނާއި ކޮމިއުނިޓީ ޕޮލިސިންގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވިއެވެ.