ޚަބަރު

އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ލާމަސީލު ޒުވާނާ ކޭމްޕު ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

07 ޖަނަވަރީ

IMG-88fc6a066ebe40f927857d76f317199b-V

ދިވެހި ފުލުހުންގެ ހިދުމަތާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި އައްޑޫ ސިޓީ ކައުންސިލް އިދާރާ ގުޅިގެން ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ލާމަސީލު ޒުވާނާ ކޭމްޕު ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

IMG-812a7c8fe710884d8c28a8d3559b86bd-V

އެކަމަށްޓަކައި އައްޑޫ ސިޓީ ހައިސްކޫލްގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އެވެ. އެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ބައެއް އިސްވެރިންނާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންނާއި އައްޑޫ ސިޓީ ކައުންސިލާއި އެހެނިހެން އިދާރާތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

IMG-bca6c14d3d03630f01f0e3429313299a-V

ޑިސެމްބަރ 26 އިން ފެށިގެން 14 ދުވަހުގެ މުއްދަތަށް އައްޑޫ ސިޓީ ހައި ސްކޫލުގައި ކުރިއަށް ގެންދިއަ އެ ކޭމްޕުގައި 91 ޒުވާނުން ބައިވެރިވިއެވެ. އެއީ 43 އަންހެން ބައިވެރިންނާއި 48 ފިރިހެން ބައިވެރިންނެވެ.

IMG-5cd079aa30e317efa2cda7f30b1ce971-V

ލާމަސީލު ޒުވާނާ ކޭމްފުގައި، އަމިއްލަ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަމުގެ ހުނަރުތަކާއި، ފުރަތަމަ އެހީ ފޯރުކޮށްދޭނެ ގޮތްތައް ދަސްކޮށްދީފައިވެއެވެ. އަދި އަލިފާނުގެ ހަދިސާތަކުގައި އަމަލުކުރާނެގޮތްތައް ދަސްކޮށްދިނުމަށް ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ޑޮމެސްޓިކް ހައުސް ވަޔަރިންގ އާއި އާންމު ދިރިއުޅުމާއި މުޖުތަމައުގައި އުޅޭއިރު އަމަލުކުރަންޖެހޭ ގޮތްތަކާއި ދިރިއުޅުމުގެ ރިވެތި އަދަބުތަކާއި ލީޑަރޝިޕްގެ ބައިތަކުގެ އިތުރުން ރެޕަލިންގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

IMG-2d099c443fcbed121ad2bde00d8acb46-V

އޭގެ އިތުރުން، ދީނީ ކަންތައްތަކަށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމާއި އަމިއްލަ ނަފްސުގެ އިތުބާރު ބޮޑުކުރުމަށް ކުރެވޭނެ ކަންތައްތަކާއި ދިރިއުޅުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށް ކުރިއަށްދާނެ ގޮތްތައް ދަސްކޮށްދީފައިވެއެވެ. އޭގެ އިތުރުންވެސް ތަފާތު ގިނަ ހަރަކާތްތަކާއެކު މުހިންމު މައުލޫމާތުތަކެއް ބައިވެރިންނަށް ފޯރުކޮށްދީފައިވެއެވެ.

IMG-37a1c7656efd9cc85246f0891414f830-V

  ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ކޭމްޕަކީ ޒުވާނުންނަކީ ޒިންމާދާރު ހަރުދަނާ ސިފަވަންތަ އަދި ގައުމިއްޔަތާއި ދީނަށް ލޯބިކުރާ ބަޔަކަށް ހެދުމުގެ އިތުރުން މަސައްކަތު މާހައުލަށް ޝައުގުވެރި އަދި މަސައްކަތުގެ އަހުލާގު ދަމަހައްޓައި ނަމޫނާ ބަޔަކަށް ހެދުމުގެ މަގުސަދުގައި ފުލުހުންނާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން ހިންގާ ކޭމްޕެކެވެ.