ޚަބަރު

ވިޔަފާރިވެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ތޮއްޑޫގައި ކުރިއަށް ގެންގޮސްފި

07 ޖަނަވަރީ

IMG-289b98ddc7a62a2fedf881b51f3c5f0f-V

އއ. ތޮއްޑޫ ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެ ރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

މި މަހު 5 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާ އަދި އިތުރަށް ރަނގަޅު ކުރަންހުރި ކަންކަން ބުނެދީފައިވެއެވެ. އަދި ސައްހަނޫން ބެންކު ސްލިޕާއި ޗެކު ދެނެގަންނާނެގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ފައިސާ ގެންގުޅުމުގައާއި ރައްކާކުރުމުގައި އިތުރަށް ސަމާލުކަން ދޭންވީކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައި ވެއެވެ.

އޭގެ އިތުރުން، ފިހާރައިގައި ސީސީޓީވީ ކެމެރާ ހަރުކުމުގެ މުހިންމުކަމާއި ފިހާރަ ބަންދުކޮށްފައިދާއިރު އިތުރަށް ސަމާލުކަން ދޭންވީ ކަންކަންބުނެދީ ރައްކާތެރިކަމަށް އެޅިފައިވާ އެހެނިހެން ފިޔަވަޅުތައް ބަލާފައިވެއެވެ. އަދި ފިހާރަ ބަންދުކޮށްފައިދާއިރު ފިހާރާގައި ގިނަ އަދަދަކަށް ފައިސާ ނުބެހެއްޓުމަށާއި ބޭރުގައި މުދާ ނުބެހެއްޓުމަށް އިރުޝާދުދީފައިވެއެވެ.

ވިޔަފާރިތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ސިލްސިލާ ޕްރޮގްރާމްތައް ފުލުހުންދަނީ ހިންގަމުންނެވެ.