ޚަބަރު

ފޯނު ބޭނުންކޮށްގެން ހިންގާ އެކި ކުށްތަކުން ރައްޔިތުން ސަމާލުކަންދޭންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފި

13 ޖަނަވަރީ

Awareness

ސްމާޓް ފޯނު ބޭނުންކޮށްގެން ކުރާ ނޭދެވޭ މުއާމަލާތްތަކާ މެދު އާންމު ރައްޔިތުން ސަމާލުވާންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޖަނަވަރީ މަހުގެ 11 ވަނަ ދުވަހު ފެށިގެން ދެ ދުވަހުގެ މުއްދަތަށް ހަނިމާދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ސްމާޓް ފޯނުގެ ބޭނުންކޮށްގެން ކުރާ ނޭދެވޭ މުއާމަލާތްތަކާ މެދު ސަމާލުވާންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން އެމައުލޫމާތައް ހިމެނޭ ލީފްލެޓް ބަހާފައިވެއެވެ.

މިހަރަކާތުގެ ތެރެއިން ރަށުގައި ދިރިއުޅޭ ރައްތިތުންނާ ބައްދަލުކޮށް ވަނީ ގޮތް ނޭނގޭ މީހުންގެ ފޯނަށް  ރީލޯޑް ރާސްޓަސް ނުފޮނުވުމަށާއި، ނުދަންނަ މީހަކާ ބޭންކް ކާޑުގެ މަޢުލޫމާތު ހިއްސާ ނުކުރުމަށާއި، އިނާމެއް ލިބިފައިވާކަމަށް ބުނެ ގުޅާ ފަރާތްތަކާއިމެދު ސަމާލުވުމަށާއި، ސްމާޓް ފޯނު ފަދަ ވަސީލަތްތަކުން ބުލެކް މެއިލް ކުރުމަށް ފުރުސަތު ނުދިނުމަށާއި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ފުރުސަތު ނުދިނުމާ ގުޅޭގޮތުން މައުލޫމާތު ދީފައެވެ.