ޚަބަރު

ފިންގަޕްރިންޓު ވެރިފައި ކުރުމުގެ ޤާބިލްކަން އިތުރުކޮށްފި

23 އޮކްޓޯބަރ 2013

 

އިނގިލީގެ ނިޝާނުގެ ޞައްޙަކަން ދެނެގަތުމުގެ ޤާބިލްކަން ފުލުހުން އިތުރުކޮށްފައިވާކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން އާދަމް ވިދާޅުވެއްޖެއެވެ.

 

އިނގިލީގެ ނިޝާން ޞައްޙަކުރުމުގެ ޤާބިލްކަން ފުލުހުން އިތުރުކޮށްފައި މިވަނީ ރިޔާސީއިންތިޚާބުގައި ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށްރަށުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރާއިރު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ފޯމުގައި އިގިލީގެ ނިޝާން ޖަހައި އޭގެތެރެއިން އިލެކްޝަންސް ކޮމިޝަނުން އެދޭ ފޯމުތަކެއްގައި ހުންނަ އިނގިލީގެ ނިޝާން ކަށަވަރުކުރަން ޖެހިފައިވާ ދަނޑިވަޅެއްގައެވެ.

ރާއްޖޭގައި މިވަގުތު އިނގިލީގެ ނިޝާންގެ ޞައްޙަކަން ދެނެގަތުމުގެ ޤާބިލްކަން ހުރީ ހަމައެކަނި ފުލުހުންގެ އަތުގައި ކަމަށްވެފައި އިނގިލީގެ ނިޝާންގެ ޞައްޙަކަން އަވަސް އަދި ފަސޭހަ ނިޒާމެއްގެ މަތިން ކަށަވަރު ކުރެވޭނެ ގޮތެއް އޮތުމަކީ މުހިއްމުކަމެއް ކަމުގައި ދެކި މިހާރު ހަމަޖައްސާފައިވަނީ އޮޓަމޭޓެޑް ފިންގަ ޕްރިންޓް ސިސްޓަމްގެ އިތުރުން މެނުއަލްކޮށް ވެސް އިނގިލީގެ ނިޝާން ކަށަވަރު ކުރެވޭނެ ގޮތަށް މަސައްކަތްތައް ކުރިޔަށް ގެންދާށެވެ.

އޮޓަމޭޓް ފިންގަރ ޕްރިންޓުގެ އިތުރުން މެނުއަލްކޮށް އެމަސައްކަތް ކުރާނީ ކަމުގެ ތަޖުރިބާ ލިބިފައިވާ މީހުން ބޭނުންކޮށްގެން ލޮލުން ބަލައިގެންނެވެ. އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން އާދަމް ވިދާޅުވީ ކޮންމެ މީހެއްގެވެސް ކޮންމެ ފިންގަ ޕްރިންޓެއްގައި ކައުންޓް ކުރަން ޖެހޭ އެއްޗެހިތަކެއް ހުންނާނެ ކަމަށާއި، އެ އެއްޗެހިތައް ފިންގަ ޕްރިންޓް އެކްސްޕާޓުން ލޮލުން ބަލައިގެން ކައުންޓް ކުރެވޭނެ ކަމަށެވެ. ޙުސައިން އާދަމް އިތުރަށް ވިދާޅުވީ އެއީ ފިންގަ ޕްރިންޓް އެކްސްޕާޓުންނަށް ކުރެވޭނެ ކަމެއްކަމަށެވެ.