މާލޭގައި ހިނގަމުންދާ ހަމަނުޖެހުމާއި ގުޅިގެން ފުލުހުން ހިންގާ އޮޕަރޭޝަން
11 ނޮވެމްބަރ 2013މިހާރު މާލޭތެރޭގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުން ހިންގާ އޮޕަރޭޝަނާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ޕޮލިސް ލައިފް މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް ވަގުތުން ވަގުތަށް ގެނެސްދިނުމަށް ޕޮލިސް މީޑިއާ ޔުނިޓުން ފޯރުކޮށްދޭ މަޢުލޫމާތުތަކެވެ.
މުޒާހަރާގެ ބައިވެރިންވަނީ އަމިއްލައަށް އެސަރަހައްދު ދޫކޮށް ގޮސްފައި
މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމަށް ފުލުހުން މަސައްކަތްކުރުމުން އަމުރަށް ނުކިމަންތެރިވި 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައި.

ސޯސަންމަގު މަޖީދީއްޔާ ސްކޫލް ކައިރީ ތިބި މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމުގެ މަސައްކަތް ފަށައިފި.
ފުލުހުން ސަލާމަތީގޮތުން އަޅާފައިވާ ބެރިކޭޑްތައް ފަޅާލައި އެތެރެއަށް ވަތް 3 އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި.
ސޯސަންމަގު ރޯޝަނީ ބިލްޑިންގ ކައިރީގައި ތިބި މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުން
ސަލާމަތީ ގޮތުން ފުލުހުން އަޅާފައިވާ ބެރިކޭޑަކަށް ޕެޓްރޯލް ކަހަލަ އެއްޗެއް އެޅުމަށްފަހު އަލިފާން ރޯކޮށްލިތާ މާގިނަ އިރުތަކެއް ނުވަނީސް ފުލުހުން އަލިފާން ނިއްވާލާފައި
މުޒާހަރާގެ ބައިވެރިންގެ ތެރެއިން ފުޅިއާއި ގައު ފަދަ ތަކެތި އުކަމުންދާއިރު މުޒާހަރާ ކަވަރ ކުރުމަށް ހަރަކާތްތެރިވާ މީޑިއާ ފަރާތްތަކާއި ދިމާލަށް ފުޅިއާއި ގައު ފަދަތަކެތި ދޭތެރެ ދޭތެރެއިން އުކަމުންދާކަމަށް މަޢުލޫމާތު ލިބޭ

ސަލާމަތީ ގޮތުން ފުލުހުން އަޅާފައިވާ ބެރިގޭޑެއްގައި އަލިފާން ރޯކޮށްލައިފި
ސޯސަންމަގުގައި ހުރި ބައިސަކަލްތަކެއް މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބަޔަކު ވަނީ އުކާލާފައި
ސަލާމަތީ ގޮތުން ފުލުހުން އަޅާފައިވާ ބެރިގޭޑްތައް ފަޅާލައި، ފުލުހުންގެ ދަޢުރު އަދާކުރުމަށް ހުރަސްއެޅި 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި
ފުލުހުންގެ ދަޢުރު އަދާކުރުމަށް ހުރަސްއެޅި 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި
ސޯސަންމަގު ނާދީ ކުރިމަތިން ފުޅިއެއްކަމަށް ބެލެވޭ އެއްޗެއް ގޮއްވާލައިފި
ސޯސަންމަގުގައި ތިބި މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބަޔަކުވަނީ ސޯސަންމަގު މަޖީދިއްޔާ ސްކޫލް ކައިރީގައި ހަރުކޮށްފައިހުރި ޓްރެފިކް ލައިޓްތަކަށްވެސް ގެއްލުންދީފައި
ސަލާމަތީގޮތުން ފުލުހުން އަޅާފައިވާ ބެރިގޭޑްތައް ފަޅާލައި އެތެރެއަށް ވަތް 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި. މި މީހުންގެ ތެރޭގައި އަންހެނަކުވެސް ހިމެނޭ
ސަލާމަތީގޮތުން ފުލުހުން އަޅާފައިވާ ބެރިގޭޑްތައް ފަޅާލައި އެތެރެއަށް ވަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި
ސޯސަންމަގުގައި ތިބި މުޒާހަރާގެ ބައިވެރިންގެ ތެރެއިން ފުލުހުންނާ ދިމާލަށް ދޭތެރެ ދޭތެރެއިން ދަނީ ގައުފަދަ ތަކެތި އުކަމުން
މުޒާހަރާގެ ބައިވެރިންގެ ތެރެއިން އެއްލި ގަލަކުން ޖެހި މުޒާހަރާ ކަވަރ ކުރަމުންދިޔަ ނޫސްވެރިއަކަށް ވަނީ އަނިޔާވެފައި. މަޢުލޫމާތު ލިބިފައިވާގޮތުގައި އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން
މުޒާހަރާގެ ބައިވެރިންގެ ތެރެއިން އެއްލި ގަލަކުން ޖެހިފުލުހަކަށް ވަނީ އަނިޔާވެފައި