ޚަބަރު

އާއިލާއަށް ފިލައިގެން އުޅޭ 17 އަހަރުގެ އަންހެންކުއްޖަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން (ފެނިއްޖެ)

07 ޖަނަވަރީ 2014

އާއިލާއަށް ފިލައިގެން އުޅޭ 17 އަހަރުގެ އަންހެން ކުއްޖަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

އާއިލާއަށް ފިލައިގެން އުޅޭކަމަށް 2014 ޖެނުއަރީ 05 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓްކުރުމާއި ގުޅިގެން ހޯދަމުންދަނީ ކ.ތުލުސްދޫ، ބިޖިލީއުފާ، އާއިޝަތު ރޫނާ (17އ) އެވެ.

އާއިޝަތު ރޫނާ އާއިލާއަށް ފިލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 27 ވަނަ ދުވަހުގެ ވަގުތެއްގައެވެ. އާއިޝަތު ރޫނާއަކީ ލޮލުގެ ކަޅި ކަޅު، ބުރުގާ އަޅައިގެން އުޅޭ ރޫފަ އާދައިގެ ވަރަކަށް ހުންނަ ކުއްޖެކެވެ.

އާއިޝަތު ރޫނާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެ މަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ އެމަޖެންސީ ނަމްބަރު 119 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9790163  އަށް ހިއްސާކުރެއްވުން އެދެމެވެ.

އަޕްޑޭޓް: މީނާ ފެނިފައިވާކަމަށް 2014 ޖެނުއަރީ 07 ވަނަދުވަހު ހަވީރުގެ ވަގުތެއްގައި ޢާއިލާއިން ފުލުހުންނަށްވަނީ އަންފާއެވެ.