ޚަބަރު

ކެންދޫ ސްކޫލު ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

22 މެއި 2022

ސްކޫލް ދަރިވަރުން ހޭލުންތެރިކޮށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކެންދޫ ސްކޫލުގެ ގްރޭޑް 7، 8، އަދި 9 ގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

 

މެއި މަހުގެ 21 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ސެޝަނަކީ ކެންދޫ ޕޮލިސް ޑެސްކާއި އޭދަފުށި ޕޮލިސް ސްޓޭޝަނާއި ސްކޫލާއި ރަށު ކައުންސިލާއި ބ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރު ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.

އެ ސެޝަނުގައި، ގަނާކުރުމަކީ ކޮބައިކަމާއި ގަނާކުރުމުގެ ސަބަބުން ދިމާވާ މައްސަލަތަކާ އަދި އެފަދަ ކަންކަމުން ދުރުހެލިވެ ރައްކާތެރިވެތިބުމަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ގަނާކުރުމުގެ ޝިކާރައަކަށް ވެފައިވާ ކުއްޖަކަށް ދިމާވާ މައްސަލަތަކާއި ގަނާ ކުރުމުގެ މައްސަލަތައް ހުއްޓުވުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

 

ކެންދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ސެޝަނުގައި 50 ދަރިވަރުން ބައިވެރިވެފައިވެއެވެ.