ޚަބަރު

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

22 ޖޫން 2022

މަތީގައިވާ ވީޑިއޯއިން ފެންނަ މީހާއަކީ ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ފެމިލީ އެންޑް ޖެންޑަރ އެފެއަރޒް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހެކެވެ.

 

ވީމާ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފެމިލީ އެންޑް ޖެންޑަރ އެފެއަރޒް ޑިޕާޓްމަންޓްގެ ނަންބަރު 9790163 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.