ޚަބަރު

ދެ ވަނަ، ބޭސިކް ސީމެންޝިޕް ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

29 ޖޫން 2022

މެރިން ޕޮލިހާއި، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އަދި ޖަޕާން ސަރުކާރު ގުޅިގެން މެރިން ޕޮލިސްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ދެ ވަނަ، ބޭސިކް ސީމެންޝިޕް ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

 

އެކަމަށްޓަކައި ދޫނިދޫގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑެޕިއުޓީ ޗީފް އޮފް ޖަޕަނީސް އެމްބަސީ މޯލްޑިވްސް ނައޯމީ އެސަނޯއެވެ. އެ ރަސްމިއްޔާތުގައި، ހެޑް އޮފް މެރިން ޕޮލިސް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް އަދުނާން އަނީސް، ހެޑް އޮފް ޔޫއެންއޯޑީސީ އޮފީސް އެންރިކޯ ބޮނިންސެނާ، ޔޫއެންއޯޑީސީގެ އިންސްޓްރަކްޓަރ ޕައުލް ރޮބޯޓް، ޔޫއެންއޯޑީސީގެ ނޭޝަނަލް ޕްރޮގްރާމް އޮފިސަރ އަރުޖުން މުޙައްމަދު އަދި ކޯހުގެ ބައިވެރިންނާއި މެރިން ޕޮލިހުގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

 

ދެ އަންހެން ފުލުހުން ހިމެނޭހެން އަށް ފުލުހުން މި ކޯސް ފުރިހަމަކޮށްފައިވެއެވެ. ކޯސް ފުރިހަމަކުރި ދެ އަންހެން ފުލުހުންނަކީ ފުލުހުންގެ ތާރީހުގައިވެސް މެރިޓައިމް ކޯހެއް ފުރިހަމަކޮށް ކަނޑުމައްޗަށް ނުކުންނަ ފުރަތަމަ އަންހެން ދެ ފުލުހުންނެވެ.

ޖޫން 12 އިން 29 އަށް ކުރިއަށް ގެންދިޔަ އެ ކޯހުގައި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މައުލޫމާތު ދިނުމުގެ ކްލާސްތަކާއި ކަނޑުމަތީގެ އަމަލީ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

 

އެގޮތުން، މެރިޓައިމް ލޯ، މެރިޓައިމް ބޯޑިންގ، މެރިޓައިމް ނެވިގޭޝަން، ބޯޓު ހޭންޑްލިންގ، ސަވައިވަލް އެންޑް ރެސްކިއު، އަދި ވެސަލް ޕޭސްޓިންގ މައުލޫގެ ދަށުން މުހިންމު މައުލޫމާތުތަކެއް ހިއްސާކޮށް އަމަލީ ހަރަކާތްތައް ކަނޑުމަތީގައި ކުރިއަށް ގެންގޮސްފައިވެއެވެ.