ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ

18 އޯގަސްޓް 2022

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.


މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި، މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.


އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:


ގަލޮޅު ޕޮލިސް ސްޓޭޝަން

 

ޖުލައި 11 ވަނަ ދުވަހު ރަތްވިލާ ހިނގުމުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އެޕަލް އައިޕެޑެއް، އައިފޯން 12 ޕްރޯ އަދި ތަޅުދަނޑިފައްޗެއް. އިންސިޑެންޓް ނަންބަރ 527699

 

އޮގަސްޓު 5 ވަނަ ދުވަހު 1 ނަމްބަރު ފާލަން ކައިރިން ފެނިފައިވާ ވެރިއަކުނެތް މުށިކުލައިގެ އަތް ދަބަހެއް. އިންސިޑެންޓް ނަންބަރ 530020

 

މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

 

މާފަންނު ޕޮލިސް ސްޓޭޝަން

 

ޖުލައި 29 ވަނަ ދުވަހު ދެވިނަ މަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވި ދެ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ދެ ގޯނި ހޮޅިބިޑި. އިންސިޑެންޓް ނަންބަރ 529317

 

އޮގަސްޓު 1 ވަނަ ދުވަހު ޖަލާލުއްދީން މިސްކިތް ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސެމްސަންގ ބްރޭންޑުގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރ 529557

 

އޮގަސްޓު 7 ވަނަ ދުވަހު ކަނޑުމަތިން ހޮވައިގެން ގެނެސްފައިވާ ލައިފް ކްރާފްޓެއް. އިންސިޑެންޓް ނަންބަރ 530928

 

އޮގަސްޓު 13 ވަނަ ދުވަހު އުނިގަސްމަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ހަތަރު ދަގަނޑު. އިންސިޑެންޓް ނަންބަރ 530887

 

މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.