ޚަބަރު

އައްޑޫ ސިޓީ ހިތަދޫ ފިހާރައެއްގައި އަލިފާން ރޯކޮށްލާފައިވާ މައްސަލައެއްގައި މީހަކު ހޯދަނީ

15 ސެޕްޓެމްބަރ 2022

 

މަތީގައިވާ ވީޑިއޯއިން ފެންނަ މީހާއަކީ 2022 ސެޕްޓެމްބަރު 5 ވަނަ ދުވަހުގެ ވަގުތެއްގައި އައްޑޫ ސިޓީ ހިތަދޫ ބްލޮސަމް ފިހާރައިގައި އަލިފާން ރޯށްލާފައިވާ މައްސަލައާ ގުޅިގެން އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހެކެވެ.

 

ވީމާ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791612 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.