ފުލުހުންގެ ބެލުމުގެދަށުގައިހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ
12 ޖަނަވަރީ 2023
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.
މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި، ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:
މާފަންނު ޕޮލިސް ސްޓޭޝަން
ޖަނަވަރީ 8 ވަނަ ދުވަހު ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ކަޓްއޮފް އެއް. އިންސިޑެންޓް ނަންބަރ 544768
މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
ގަލޮޅު ޕޮލިސް ސްޓޭޝަން
ޖަނަވަރީ 2 ވަނަ ދުވަހު ހ. ހިލާވެހިގެ ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ވަޑާމުގެ ސާމާނުތަކެއް. އިންސިޑެންޓް ނަންބަރު 544156
ޖަނަވަރީ 3 ވަނަ ދުވަހު ބްރިޖްގެ މާލެއިން ހުޅުމާލެއަށްދާ ލޭނުން ފެނިފައިވާ ދެ ގޮދަޑި. އިންސިޑެންޓް ނަންބަރު 544232
ޖަނަވަރީ 9 ވަނަ ދުވަހު ޓެކްސީއަކުން ފެނިގެން ފުލުހުންނާ ހަވާލުކޮށްފައިވާ ރަތްކުލައިގެ ދަބަހެއް. އިންސިޑެންޓް ނަންބަރު 544920
މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
ޑިސެމްބަރ 31 ވަނަ ދުވަހު ޓެކްސީއަކުން ފެނިގެން ފުލުހުންނާ ހަވާލުކޮށްފައިވާ ކަޅުކުލައިގެ ލަގެޖް ދަބަހެއް.
މި ތަކެތީގެ ވެރިފަރާތުން 9790092 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.