ޚަބަރު

އދ. އަތޮޅުގެ ދެ ރަށެއްގައި އޯގާ ކޭމްޕު ކުރިއަށްގެންގޮސްފި

22 ޖަނަވަރީ 2023

އާންމު ރައްޔިތުންގެ މެދުގައި ހުރި ދީނީ އަދި އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް، ދިވެހި ފުލުހުންގެ ޚިދުމަތާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން ކުރިއަށްގެންދާ އޯގާކޭމްޕުގެ ހަރަކާތްތައް އދ. އަތޮޅުގެ ދެ ރަށެއްގައި ކުރިއަށްގެންގޮސްފިއެވެ.

 

މި ޖަނަވަރީ މަހުގެ 14 އިން 19 އަށް އޯގާ ކޭމްޕުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ އދ. އޮމަދުއާއި މަހިބަދޫ ގައެވެ.

 

މި ކޭމްޕުގައި، އެ ރަށްރަށުގެ މުއައްސަސާތަކުގެ މުވައްޒަފުންނާއި ސްކޫލް ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިން އަދި ރަށުގެ ޖަމުއިއްޔާތަކާއި ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ސެމިނާތަކާއި ސެޝަންތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އަދި ދީނީ ކައުންސިލިންގ ބޭނުންވާ މީހުންނަށް ކައުންސިލިން ދިނުމާއި މިސްކިތްތަކުގައި ދީނީ ދަރުސް ދިނުމުގެ އިތުރުން ދީނި ގޮތުން މައުލޫމާތު އޮޅުންފިލުވަން ބޭނުންވާ މީހުންނަށް އެފުރުސަތު ފަހިކޮށްދީފައިވެއެވެ. މި ކޭމްޕުގައި މައުލޫމާތު ދެއްވީ އައްޝައިޚް އަޙްމަދު މަޢުމޫންއެވެ.

 

ރަށްރަށުގައި ހުރި ދީނީ މައްސަލަތައް ދެނެގަތުމާއި ރައްޔިތުންނަށް ދީނީ މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކުރުމުގެ އިތުރުން ދީނީނަސޭހަތާއި ދަރުސް ދިނުމަށް ކުރިއަށްގެންދާ މި ކޭމްޕު މިދިޔަ އަހަރުގެ އޮގަސްޓް މަހު އދ. މާމިގިލި އަދި ފެންފުށީގައިވެސް ކުރިއަށްގެންގޮސްފައި ވެއެވެ.