ތައުޒިޔާ
21 ނޮވެމްބަރ 2023ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރަމުންދިޔަ ސްޕެޝަަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލް ސ. ހިތަދޫ / ޒޫމްޕްލަސް، ޢަބްދުﷲ ޔަމަން ފިރާޤް (ސ.ނ: S1400)ރޭ ދަންވަރުގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ.
ފުން ހިތާމައިގެ މި ދަނޑިވަޅުގައި، ހުރިހާ ފުލުހުންނާއި ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންގެ ނަމުގައި މަރުހޫމްގެ އާއިލާއަށް ތައުޒިޔާ ރައްދުކުރަމެވެ. އަދި މަރުޙޫމުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި ބަރުޒަޚުގެ ޢާލަމް ތަނަވަސް ކޮށްދެއްވުން އެދި މާތް ﷲ ގެ ޙަޟްރަތު ގައި ދުޢާ ދަންނަވަމެވެ. އާމީން.