މިލަންދޫ ސްކޫލްގެ ގްރޭޑް 11 ގެ ދަރިވަރުންނަށް ޓީމް ބިލްޑިންގ ހަރަކާތެއް ކުރިއަށް ގެންގޮސްފި
09 ސެޕްޓެމްބަރ 2024
ށ. މިލަންދޫ ސްކޫލުގައި ގްރޭޑް 11 އަށް އަލަށް ގުޅުނު ދަރިވަރުންނަށް ޓީމް ބިލްޑިންގ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މިލަންދޫ ރަންފަސް ބީޗުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ޓީމު ތެރޭގައި ލީޑަރެއް ހުރުމާއި ލީޑަރޝިޕް ނެގުމުގެ މުހިންމުކަން ބުނެދިނުމާއެކު ޓީމް ބިލްޑިންގ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ހުރިހާ ގޮތަކުން ވެސް ނަމޫނާ ދަރިވަރުންތަކަކަށް ވުމަށް ނަސޭހަތްތެރިވެފައި ވެއެވެ.
މި ހަރަކާތުގެ ތެރެއިން، ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ރައްކާތެރިވުމާއި ކުދިންގެ މެދުގައި ގްރޫޕުތައް ހަދައި އެކަންކަމާ ބެހޭގޮތުން ބަހުސެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ވަކިން ހާއްސަކޮށް ދުންފަތުގެ އިސްތިއުމާލު ނުކުރުމަށާއި އެކަމުގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރުތަކާއި އެކަންކަމުން ނުކުމެދާނެ ނޭދެވޭ ނަތީޖާތަކާ އަދި އެފަދަ އެކަންކަމާ ދުރުހެލިވުމަށް މައުލޫމާތުދީފައި ވެއެވެ.
ސެޕްޓެންބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ގްރޭޑް 11 އާ އަލަށް ގުޅުނު ހުރިހާ ދަރިވަރުން ބައިވެރިވިއެވެ.