ޚަބަރު

އައިޕީއެސް ޕްރޮބޭޝަނާސް ކޯހުގައި ބައިވެރިވާ ފުލުހުންނާއި ކޮމިޝަނަރ އޮފް ޕޮލިސް ބައްދަލުކުރައްވައިފި

15 ޑިސެމްބަރ 2016

CP Meeting

އިންޑިއާގެ ހައިދްރަ އާބާދުގައި ފެށުމަށް ހަމަޖެހިފައިވާ އައިޕީއެސް ޕްރޮބޭޝަނާސް ކޯހުގައި ބައިވެރިވާ ދިވެހި ފުލުހުންނާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް ބައްދަކުކުރައްވައިފިއެވެ.

މިއަދުގެ ހެނދުނު ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވި ބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް ދެއްކެވި ވާހަކަފުޅުގައި އައިޕީއެސް ޕްރޮބޭޝަނާސް ކޯހުގައި ބައިވެރިވާ 4 ފުލުހުންނަށް މަރުޙަބާ ދަންނަވައި ހިއްވަރު ދެއްވިއެވެ. އަދި އަހުލާޤު ހިފެހެއްޓުމަށާއި ކޯހުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ހުރިހާ ފުލުހުންވެސް މަސައްކަތްކުރުމަށް އެދިލެއްވިއެވެ. ހަމައެއާއެކު ކޯހުން ލިބޭ ތަޖުރިބާގެ އަލީގައި ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށާއި ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތްދިނުމަށް އިޚްލާސްތެރިކަމާއެކު މަސައްކަތްކުރުމަށް އެދިލެއްވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ކޮމިޝަނަރސް ޑައިރެކްޓްރޭޓް ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް ދެއްކެވި ވާހަކަފުޅުގައި އައިޕީއެސް ޕްރޮބޭޝަނާސް ކޯހަކީ ބައިވެރިންނަށް ވަރަށް ބޮޑު ފައިދާތަކެއް ލިބިގެންދާނެ ކޯހެއްކަން ފާހަގަކުރައްވައި ލިބުނު ފުރުސަތު ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އެދިލެއްވިއެވެ.

މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް އާއި ކޮމިޝަނަރސް ބިއުރޯގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްގެ އިތުރުން ސަރވިސް ޑެވެލޮޕްމަންޓް ޑައިރެކްޓްރޭޓްގެ ޑެޕިއުޓީ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް ޢަބްދުﷲ އާއި އައިޕީއެސް ޕްރޮބޭޝަނާސް ކޯހުގެ 4 ބައިވެރިން ބައިވެރިވެލެއްވިއެވެ.

އައިޕީއެސް ޕްރޮބޭޝަނާސް ކޯހަކީ އިންޑިއާ ސަރުކާރުގެ އެހީގައި ކޮންމެ އަހަރަކުވެސް ފުލުހުންނަށް ލިބިގެންދާ ކޯހެކެވެ. މި ކޯސް ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯހަކީ 9 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޯހެކެވެ.