ޚަބަރު

މާރާމާރީ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

20 ސެޕްޓެމްބަރ 2017
ކ-ވ: ތ.ކިނބިދޫ، ގުލްފާމުގެ މުޙައްމަދު ސާޒް (21އ) އާއި މ.ލޮނުމިދިލިގެ އަފްރާޙް ޢަބްދުއްރައްޒާޤް (21އ) --

ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަޙްޤީޤުކުރަމުންދާ މާރާމާރީ މައްސަލައަކާ ގުޅިގެން ދެމީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދާ ދެމީހުންނަކީ ތ.ކިނބިދޫ، ގުލްފާމުގެ މުޙައްމަދު ސާޒް (21އ) އާއި މ.ލޮނުމިދިލިގެ އަފްރާޙް ޢަބްދުއްރައްޒާޤް (21އ) އެވެ.

މުޙައްމަދު ޝާޒް އާއި އަފްރާޙް ޢަބްދުއްރައްޒާޤު ހޯދަމުންދަނީ މިއަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެރޭ ލިޓަސް ސަރވިސް ސެންޓަރުގެ ތެރޭގައި ތޫނު އެއްޗަކުން ޒުވާނަކަށް ހަމަލާދީ މަރާލާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.

ވީމާ މި ދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ސީރިއަސް އެންޑް އޮގަނައިޒް ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.