އޮޕަރޭޝަން "ބްލޫޓައިޑް" ގެ އެންމެ ފަހުގެ މަޢުލޫމާތު
06 އޭޕްރިލް 2019މިއީ 2019 އޭޕްރީލް 6 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ސަލާމަތީ ކަންކަން ބަލަހައްޓައި އިންތިޚާބަށް އަމާން މާޙައުލެއް ޤާއިމްކޮށްދިނުމަށް ފުލުހުން ހިންގާ އޮޕަރޭޝަން "އޮޕަރޭޝަން ބްލޫޓައިޑް" ގެދަށުން ދިވެހި ފުލުހުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޙަރަކާތްތެރިވާގޮތުގެ އެންމެ ފަހުގެ މަޢުލޫމާތު ޕޮލިސް ލައިފް މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް ގެނެސްދިނުމަށް ޕޮލިސް މީޑިއާ ސެންޓަރުން ފޯރުކޮށްދޭ މަޢުލޫމާތުތަކެވެ.
ބައެއް މަރުކަޒުތަކުގައި ވޯޓުގުނަން ފަށައިފި. ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އާންމު ހާލަތު ރަނގަޅު
ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ވަގުތު ހަމަވުމާއެކު ވޯޓު ފޮށިތައް ބަންދުކުރަން ފަށައިފި. ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އާންމު ހާލަތު ރަނގަޅު
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވޯޓުލުން ކުރިއަށްދާއިރު، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް އާންމު ހާލަތު ރަަނގަޅު.


ގދ. މަޑަވެލިގައި ވޯޓު ކަރުދާސް ފޮޓޯނެގި މީހަކު މަޢުލޫމާތު ސާފުކުރުމަށް ހާޒިރުކުރެވިފައިވޭ އަދި ވޯޓު ކަރުދާސް ދައްކައިގެން ގދ. ރަތަފަންދޫއިން 2 މީހަކު، ގދ. ފަރެސްމާތޮޑާއން އެކަކު ވަނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުކުރެވިފައި.
އައްޑޫ ސިޓީ ފޭދޫ ސްކޫލަށް ވޯޓުލާންދިޔަ ތިން މީހަކު ވޯޓުލުމަށްފަހު ވޯޓް ކަރުދާސް ފޮޓޯ ނެގުމާއި ގުޅިގެން އެތިން މީހުން ވަނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުކުރެވިފައި

ގއ. ވިލިނގިލީގައި ވޯޓުލުމަށްފަހު ވޯޓު ކަރުދާސް ފޮޓޯނެގިކަމަށް ތުހުމަތުކުރެވޭ ފިރިހެނަކު ވަނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުކުރެވިފައި.
އިންތިޚާބާއި ގުޅިގެން ފުލުހުންނަށް މިހާތަނަށް ދެ މައްސަލައެއް ވަނީ ހުށަހެޅިފައި އަދި މި މައްސަލަތައް ފުލުހުން ދަނީ ބަލުން.



އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާ ހުރިހާ މަރުކަޒުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވަމުންދާނެ. ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ އާންމު ހަލަތު ރަނގަޅު



ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޯޓުލުން ފެށިގެން ކުރިއަށްދަނީ. ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ އާންމު ހާލަތު ރަނގަޅު.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން ބްލޫޓައިޑް އިއްޔެ ފަށާފައިވާއިރު، ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓާ ޤައުމުތަކުގައާއި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފުލުހުން މިހާރު ހަރަކާތްތެރިވަމުންދާނެ.
