ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައިހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ

30 މާޗް 2021
MPS2253

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.

މި ތަކެއްޗަކީ މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:

މާރިޗު 23 ވަނަ ދުވަހު އާޓިފިޝަލް ބީޗު ތެރެއިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތިން މޯބައިލް ފޯނު (ނޮކިއާ، ސެމްސަންގ، ޗައިނީޒް)، 1 ޕޯޓަބަލް ޑީވީޑީ ޕްލޭޔަރ، 2 ރަން ތަނޑި، 1 ވޯކްމަން، 1 ގޯޕްރޯ، 1 ހާޑް ޑިސްކު، 1 ސެމްސަންގ ޓެބްލެޓް، 7 ޔޫއެސްބީ ކޭބަލް، 4 ޗާޖަރ، 2 ހެޑްސެޓް، 1 ކާރު ރިމޯޓު، 1 ވިޝުއަލް ފޯލްޓް ލޮކޭޓަރ، 2 ގަޑި، 1 ތަޅުދަނޑިފަތި. އިންސިޑެންޓް ނަންބަރު 482461

މާރިޗު 24 ވަނަ ދުވަހު ފާށަނާ ކިލެގެ މަގުން ސޯސަން މާޓު ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 50 ފޫޓުގެ ކަރަންޓު ކޭބަލެއް. އިންސިޑެންޓް ނަންބަރު 482517

މާރިޗު 25 ވަނަ ދުވަހު ސައްޔިދުކިލެގެފާނު މަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 7 ޓީޝާޓު، 2 ފަޓުލޫނު، 1 ސޯޓު، 4 ޖީންސް، އިންސިޑެންޓް ނަންބަރު 482640

މާރިޗު 27 ވަނަ ދުވަހު ސައްޔިދުކިލެގެފާނު މަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތިން މޯބައިލް ފޯނު. (ސެމްސަންގ، ޖޭ2 ޕްރައިމް، ރެޑްމީ ނޯޓު5) އިންސިޑެންޓް ނަންބަރު 482640

މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.