4

މ. ކޮޅުފުށި ހެލްތު ސެންޓަރުގެ މުވައްޒަފުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް އެ ރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

މިއަދު ކުރިއަށް ގެންދިޔަ އެ ސެޝަނުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ގުޅާފަރާތްތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދިނުމާއި އެފަދަ ކޯލުތަކަށް ޖަވާބުދާރީ ނުވުމަށާއި މިފަދަ ކަންކަމުން ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

އަދި މީސް މީޑިއާ މެދުވެރިކޮށް ހިންގާ މިފަދަ ހަރަކާތްތަކުގައި ބައިވެރި ނުވުމަށާއި، ކޭޝްކާޑާއި ބެންކު އެކައުންޓުގެ މައުލޫމާތު އެހެން މީހުންނާ ހިއްސާ ނުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ޕޯސްޓެއް އެއްޗެއް ޝެއާރ ކުރާއިރު އެއީ ރަނގަޅު އެއްޗެއްތޯ ބެލުމަށްފަހު ހިއްސާކުރުމަށް މައުލޫމާތު ދީފައިވެއެވެ.

ކޮޅުފުށި ހެލްތު ސެންޓަރުގައި ކުރިއަށް ގެންދިޔަ އެ ސެޝަނުގައި، އެ ސެންޓަރުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން ހިނެމޭހެން ހުރިހާ މުވައްޒަފުން ބައިވެރިވިއެވެ.