ޚަބަރު

މަސްތުވާތަކެއްޗާއިއެކު ހއ.ހޯރަފުށިން މީހަކު ހައްޔަރުކޮށްފި

13 ޖަނަވަރީ

viber_image_2022-01-13_15-24-43-507

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަސްތުވާތަކެއްޗާއެކު ހއ.ހޯރަފުށިން މީހަކު މިއަދު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.

 އޭނާ ހައްޔަރުކޮށްފައިވަނީ ހޯރަފުށީގައިި މަސައްކަތްކުރާ ފުލުހުން ރަށުތެރެ ޕެޓްރޯލް ކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން މަސްތުވާތަކެތި ގެންގުޅޭކަމަށް ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނުމާ ގުޅިގެންނެވެ.

މިމައްސަލަ ހއ.ހޯރަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.